ޑޭޓާ އެނަލިސިސް އެންޑް ރިޕޯޓިންގ ސެކްޝަން

ޕަރފޯމަންސް އެންޑް ޑޭޓާ މޮނިޓަރިންގ ޑިޕާޓްމަންޓް

މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ، ހޯމް ޑާޓާ މެނޭޖްމަންޓް ސިސްޓަމް (އެޗް.ޑީއެމް) ބެލެހެއްޓުމާއި، ހޯމް ސެކްޓަރގެ ޕާފޯމަންސް، އަދި ރާއްޖޭގެ ދާޚިލީ ސަލާމަތާއި އަމަން ބެލެހެއްޓުމާގުޅޭ މަޢުލޫމާތާއި ތަފާސްހިސާބު ނަގައި އެނެލައިޒްކުރުމާއި، އެގޮތުން ފާހަގަކުރެވޭ ޕާފޯމަންސް، ސެކިއުރިޓީ އަދި އެކައުންޓެބިލިޓީ ހިރާސްތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމާއި، ދިވެހިރާއްޖެއިން ސޮއިކުރެވިފައިވާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އެއްބަސްވުން، ޓްރީޓީ އަދި އެމް.އޯ.ޔޫތަކާ ގުޅިގެން، މިނިސްޓްރީން ކުރަންޖެހޭ ރިޕޯޓްތަކުގެ މަސައްކަތް ކުރުމާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ރިޕޯޓްތަކަށް ބޭނުންވާ، ހޯމް ސެކްޓަރގައި ހިމެނޭ އިދާރާތަކުގެ މަސައްކަތާގުޅޭ މަޢުލޫމާތު ނަގައި ފޯރުކޮށްދިނުމާއި، ހޯމް ސެކްޓަރގެ ޕަރފޯމަންސް، އެކައުންޓެބިލިޓީ އަދި ޤައުމުގެ ދާޚިލީ ސަލާމަތާއި އަމަން ބެލެހެއްޓުމާގުޅޭ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީއަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމެވެ.