މޮނިޓަރިންގ ސެކްޝަން

ޕަރފޯމަންސް އެންޑް ޑޭޓާ މޮނިޓަރިންގ ޑިޕާޓްމަންޓް

މި ސެކްޝަންގެ މައިގަނޑު މަސައްކަތަކީ، ހޯމް ސެކްޓަރ ގައި ހިމެނޭ އިދާރާތަކަށް ޤާނޫނުތަކުން ލާޒިމުކޮށްފައިވާ ޒިންމާތައް އަދާކުރަމުންދާ މިންވަރު ބެލުމާއި، ހޯމް ސެކްޓަރގެ ޕާފޯމަންސް މޮނިޓަރކޮށް ވަޒަންކުރުމާއި، ޤައުމި އަދި ބައިނަލް އަޤުވާމީ ފަރާތްތަކުން ހޯމް ސެކްޓަރގައި ހިމެނޭ އިދާރާތަކަށް ހުށަހަޅާ ހުށަހެޅުންތައް (ރިކޮމެންޑޭޝަންތައް) ތަންފީޒުވަމުންދާ މިންވަރު ބެލުމާއި، މިނިސްޓްރީން ޢަމަލުކުރަންޖެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި، ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ދެމެދު ސޮއިކުރެވިފައިވާ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅުންހުރި އެއްބަސްވުން، ޓްރީޓީ އަދި އެމް.އޯ.ޔޫތައް ތަންފީޛުވަމުންދާ މިންވަރު ބެލުމުގެ މަސައްކަތް ކުރުމެވެ.