މި މިނިސްޓްރީ އަދި މި މިނިސްޓްރީއާއި ގުޅުންހުރި އެންމެހާ ޑިޕާޓްމަންޓްތަކަށް ބޭނުންވާ އައި.ސީ.ޓީ އާ ގުޅޭ ޚިދުމަތްތައް ދިނުމަށް އުފައްދާފައިވާ ސެކްޝަނެކެވެ. މި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގައި ބޭނުންކުރާ އައި.ސީ.ޓީ އާ ގުޅުންހުރި ހާޑްވެއަރ، ނެޓްވޯކިންގ އަދި ސޮފްޓްވެއަރ އިންސްޓޯލްކޮށް ބެލެހެއްޓުމާއި މިނިސްޓްރީގެ މަސައްކަތަށް ބޭނުންވާހާއްސަ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމެވެ. މީގެ އިތުރުން ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުމާ އެކު މަސައްކަތްތަކަށާއި ހިދުމަތްތައް ދިނުމަށް ގެނެވޭނެ ބަދަލުތައް ބަލާ އެފަދަ ކަންތައްތައް ތަޢާރަފް ކުރުން ހިމެނެއެވެ.
ހާޑްވެއަރ އެންޑް ނެޓްވޯކް މެނޭޖްމަންޓް ޔުނިޓު
މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގެ ނެޓްވޯކާއި ގުޅުންހުރި އޮފީސްތަކުގައި ބޭނުންކުރާ ހާޑްވެއަރ އާއި ނެޓްވޯކިންގ މަސައްކަތްތައް ކުރިއަރުވާ، މައްސަލަތައް ހައްލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރެވޭނެ ނިޒާމް ގާއިމްކޮށް ބެލެހެއްޓުމެވެ.
ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓު
މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީގެ ނެޓްވޯކާ ގުޅުންހުރި އޮފީސްތަކުގައި ބޭނުންކުރާ ސޮފްޓްވެއަރތައް ޑިވެލޮޕްކުރުމާއި، އެއާ ގުޅުންހުރި މައްސަލަތައް ހައްލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރެވޭނެ ނިޒާމް ގާއިމްކޮށް ބެލެހެއްޓުމެވެ.