މި ސެކްޝަނުން މައިގަނޑުގޮތެއްގައި ކުރާނީ، މި މިނިސްޓްރީ އަދި މި މިނިސްޓްރީއާއި ގުޅުންހުރި ހުރިހާ ޑިޕާޓްމަންޓްތަކުން ހިންގަންޖެހޭ ފައިސާގެ އެންމެހާ މުޢާމަލާތްތައް ހިންގުމުގެ މަސައްކަތެވެ. އެގޮތުން ބިލްތަކަށް ފައިސާދެއްކުމާއި ފައިސާގެ ރެކޯޑުތައް ބެލެހެއްޓުމާއި ރިޕޯރޓުތައް ތައްޔާރު ކުރުން އަދި ވާރކްޕާމިޓާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ފައިސާގެ މުޢާމަލާތެއް ހިމެނެއެވެ.