ސެކްރެޓޭރިއޭޓް ސަޕޯޓް ސެކްޝަން

ކޯޕަރޭޓް ސަރވިސަސް ޑިޕާޓްމަންޓް

މި ސެކްޝަނުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މި މިނިސްޓްރީ އަދި މި މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ އެންމެހާ އިދާރާތަކަށް ސެކްރެޓޭރިއެޓް ސަޕޯރޓް ދިނުން ހިމެނެއެވެ. އެގޮތުން ޕޮލިސް ބޯޑް، އިސްތިއުނާފު ކޮމިޓީގެ ފަދަ ކޮމެޓީތަކުގެ ސެކްރެޓޭރިއޭޓް ބެލުމުގެ އެންމެހާ މަސައްކަތްތައް މި ސެކްޝަނުން ކުރަމުންދާނެއެވެ.

ޕީ.އެސް ސެކްރެޓޭރިއޭޓް ޔުނިޓު

މި ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕާމަނަންޓް ސެކެރެޓަރީއާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ކުރުމެވެ.

ޕޮލިސްބޯޑް ސެކްރެޓޭރިއޭޓް ޔުނިޓު

މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޕޮލިސް ބޯޑުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓްގެ ޒިންމާ އަދާކުރުމެވެ.

އިސްތިއުނާފު ކޮމިޓީ ސެކްރެޓޭރިއޭޓް ޔުނިޓު

މި ޔުނިޓުގެ މައިގަނޑު މަސައްކަތަކީ، ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އިސްތިއުނާފު ކޮމިޓީގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، ބޯޑުގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓްގެ ޒިންމާ އަދާކުރުމެވެ.