ލީގަލް ރިސަރޗް އެންޑް ރީފޯމް ސެކްޝަން

އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޑިޕާޓްމަންޓް

މި ސެކްޝަންގެ މައިގަނޑު މަސައްކަތްތަކަކީ މިނިސްޓްރީގެ ޤާނޫނީ މަސައްކަތްތަކުގެ ތެރޭގައި ޤާނޫނީ ލަފާ ދިނުމާއި، ޤާނޫނީ ޑްރާފްޓިންގ، އަދި ދިރާސާ ކުރުމެވެ. މިގޮތުން، މިނިސްޓްރީގެ އެކި ބައިތަކަށާއި ދާއިރާގެ އޮފީސްތަކަށް ޤާނޫނީ ލަފާ ދިނުމާއި، ޤާނޫނުތަކާއި ގަވާއިދުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމުގެ މަސައްކަތް ކުރެވެއެވެ. އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، އެއްބަސްވުންތަކާއި އެމް.އޯ.ޔޫތައް ޑްރާފްޓްކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ އެހެން އިދާރާތަކުން ފޮނުވާ ޤާނޫނީ ލިޔެކިޔުންތަކަށް ކޮމެންޓްކުރުމާއި، ކޯޓު މައްސަލަތަކުގައި އެހީތެރިވުމާއި، ޤާނޫނުތަކަށް އާންމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މިނިސްޓްރީގެ ވަރކްޝޮޕްތަކާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، އަދި އަތޮޅުތަކަށް ކުރާ ރަސްމީ ދަތުރުތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މި ހުރިހާ މަސައްކަތެއްވެސް ކުރެވެނީ އެކަށީގެންވާ ދިރާސާތަކާއެކު، ކަމާބެހޭ އިދާރާތަކާ ގުޅިގެންނެވެ