މި ސެކްޝަނުގެ މައިގަނޑު މަސައްކަތަކީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ޓްރެފިކްކުރެވޭ ފަރާތްތަކަށް ދޭންޖެހޭ ހިމާޔަތްދިނުމާއި އެހީތެރިކަން ފޯރުކޮށް ދިނުމާއި، ޓްރެފިކްކުރެވޭ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމާއި، ހިއުމަން ޓްރެފިކިންގ ޝެލްޓަރ އޮޕަރޭޓްކޮށް ބެލެހެއްޓުމާއި، ދިވެހި ރައްޔިތަކުން ދިވެހިރާއްޖެއިން ބޭރުގައި އަދި ބޭރު ރައްޔިތަކު ދިވެހިރާއްޖޭގައި ޓްރެފިކްކުރެވޭ ހާލަތުގައި އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމާއި، ޓްރެފިކްކުރެވޭ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމެވެ.