އެންޓި ހިއުމަން ޓްރެފިކިންގ އެޑްމިނިސްޓްރޭޝަން ސެކްޝަން

އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޑިޕާޓްމަންޓް

މި ސެކްޝަނުގެ މައިގަނޑު މަސައްކަތަކީ މީހުން ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ އިދާރީ މަސައްކަތްތައްކުރުމާއި، ޓްރެފިކިންގގެ ޝިކާރައަށްވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށުގެ މައްސަލަތައް ބެލެހެއްޓުމާއި، މީހުން ޓްރެފިކްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެ ޖަވާބުދާރީވާ ބައިނަލްއަޤްވާމީ އިދާރާތަކުގެ ރިޕޯޓްތަކަށް ބޭނުންވާ މައުލޫމާތުތައް ހޯދުމާއި، ރިޕޯޓްތައް އެކުލަވާލުމާއި، ކަމާބެހޭ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ހިއުމަން ޓްރެފިކިންގ ހޮޓްލައިން ބެލެހެއްޓުމެވެ.