ޕޮލިސީ އެންޑް އައުޓްރީޗް ސެކްޝަން

އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޑިޕާޓްމަންޓް

މި ސެކްޝަނުގެ މައިގަނޑު މަސައްކަތަކީ މީހުން ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމާއި، މި އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރަމުންދާ މިންވަރު ބެލުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާގުޅޭ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، މިކަމާ ގުޅުން ހުރި ދިރާސާތައް ކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، މީހުން ޓްރެފިކްކުރުމުގެ ކުށާއި ގުޅިގެން މަޢުލޫމާތު ކަށަވަރު ކުރުމަށް ބޭރުގެ ދައުލަތްތަކުން އެދޭ ހާލަތުގައި އެމައުލޫމާތު ކަށަވަރުކުރުމެވެ.