'ހޯމްޓީމް އާއިލީ ހަވީރު' ނަމުގަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިއީ ހަފްތާ 52 ގެ ކާމިޔާބީތަކާ ގުޅޭގޮތުން ބާއްވާ ހަވީރެކެވެ.
މި ހަވީރު އޮންނާނީ 22 ނޮވެމްބަރު 2024 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ޢާއިލީ ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ފޭސް ޕެއިންޓް، ފޮޓޯ ބޫތަކާއި ސްނޭކް އެންޑް ލެޑަރ އަދި ބެލޫން ހަންޓިން ފަދަ ކުޅިވަރު އައިޓަމްތަކެއް ހުންނާނެއެވެ.
މި ޢާއިލީ ހަވީރުގައި ހޯމް ޓިމްގައި ހިމެނޭ ކަސްޓަމްސް، ކަރެކްޝަންސް، ޕޮލިސް، އިމިގްރޭޝަން، އެންސީއައިޓީ، ޑީޖޭޖޭ އަދި އެންޑީއޭއިންވެސް ސްޓޯލްތަކެއް ކުޑަކުދިންނަށް ޚާއްސަކޮށްފަ ހުންނާނެއެވެ. ކޮންމެ ސްޓޯލަކުންވެސް އެ މުއައްސަސާއަކާ ގުޅޭ މައުލޫމާތު ކުދިންނަށް ލިބެން ހުންނާނެއެވެ.
މި ޢާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.