ރާއްޖެ އިސްލާމް ވި ދުވަސް 1444

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅު

26) އޮކްޓޫބަރ 2022)

 

بسم الله الرحمن الرحيم - الحمد لله رب العالمين. و الصلاة والسلام علي أشرف الأنبياء والمرسلين. و علي آله و أصحابه أجمعين

 

ދިވެހިރާއްޖޭގެ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ނާއިބު ފައިސަލް ނަސީމް، އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒާހިރު، ދައުލަތުގެ ވަޒީރުން، ރައްޔިތުންމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން، ޢިއްޒަތްތެރި ފަނޑިޔާރުން، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން، ލޮބުވެތި ދަރިވަރުން، އެންމެހާ ޙާޟިރީން ، މިޖަލްސާ ދުރާގާތުން ބައްލަވަމުން އަޑުއައްސަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ލޮބުވެތި ރައްޔިތުން،

އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

 

އާދެ! އެންމެ ފުރަތަމަވެސް ރާއްޖެ އިސްލާމްވިދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ޢިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އާދެ! ޝައްކެއްނެތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނަކަށް ދެއްވާނެ އެންމެ މަތިވެރި ނިޢުމަތަކީ އެއިލާހުގެ ދީން ހިތުގެ އަޑިން ފުރިހަމައަށް ޤަބޫލުކުރުމުގެ ތަޢުފީޤްދެއްވުމުގެ  ނިޢުމަތް. އާދެ! މިރޭ އަޅުގަނޑުމެން މިފާހަގަ ކުރަނީ ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވިފަދައިން އާދެ! މާހިރުބޭވެސް އަޅުގަނޑަށް ހީވަނީ މިކަމާ ޚިލާފުނުވޭހެން. އާދެ! ރާއްޖެ ދިވެހި ދައުލަތުގެ ގޮތުގައި އިސްލާމްދީން ގަބޫލުކުރިތާ 896 ވަނަ އަހަރު ފުރޭދުވަސް. އާދެ! މިއީ ގައުމެއްގެ ގޮތުގައި ދައުލަތެއްގެ ގޮތުގައި އެދައުލަތެއްގައި ހިމެނޭ ހުރިހާ ރައްޔިތުންނަށް އެއައްވުރެ މަތިވެރި ނިޢުމަތެއް ނުލިބޭނެ ނިޢުމަތެއް. އާދެ! އަޅުގަނޑުމެންނަކީ ވަރަސް ކުޑަކުޑަ ގައުމެއް. ވަރަށްމަދު މީސްކޮޅެއް.  ވަރަށް  ކުޑަކުޑަ އިގްތިޞާދެއް. ވަރަށް ބައިވަރު ގޮންޖެހުންތައް. ވަރަށް ބައިވަރު ދަތިތައް. މިހުރިހާ ކަމަކާއެކުވެސް އަޅުގަނޑުމެން އިސްލާމްދީނުގެ ނިޢުމަތަށް ވިސްނައިފިއްޔާ އަޅުގަނޑުމެންނަށްވުރެ ވަކިން ބޮޑުނިއުމަތެއްގަ އޮތްގައުމެއް ދުނިޔެއަކުނެތް. އެއީ ސައްތައިން ސައްތަ އިސްލާމީ ގައުމަކީ ދުނިޔޭގައި މަދު އެއްޗެއް. އެހެންކަމުން އެގޮތުގެ މަތީގައި އަޅުގަނޑުމެން ދެމި ތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެނަކަށްނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތް ވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށްނެތް. މިއަދު ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެނަށް ޔަގީންކަން އެދެއްވީ މިއަދުގެ މިހާލަތުގައި މާތްވެގެންވާ އިސްލާމްދީނުގެ ޞައްޚަ އަޤީދާ ހިމާޔަތް ކުރުމަށާއި އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަންގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ކުރަންވަން ޖެހޭ ކޮންމެކަމެއް އެމަނިކުފާނު ކުރައްވާނެކަމަށް. އަޅުގަނޑު ހަމަޔަގީނުންވެސް އެމަނިކުފާނާއި ގާތުން މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އެކަން ކަށަވަރުކޮށް ގަބޫލުކުރަން.

 

އާދެ! ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުން ދުނިޔެ މަތީގައި ލައްވާ އެބައިމީހުނަށް އިޚްތިޔާރުތައް ދެއްވާ އެބައިމީހުން ދުނިޔެ މަތީގައި ޚިޔާރުކުރާނެ ކޮންމެގޮތެއް ޚިޔާރުކޮށްގެން އުޅުމަށް އެބައިމީހުނަށް ފުރުސަތުދެއްވާފައިވަނީ. އެހެންނަމަވެސް އެއިލާހުގެ ހަޟުރަތާ ބައްދަލުވާން ޖެހޭދުވަހު އެއިލާހު އަޅުތަކުންގެ ކިބައި ގަބޫލުކުރައްވަނީ ރަސޫލާ ދުނިޔެއަށް ފޮނުއްވުމަށްފަހު ދެން އިސްލާމްދީން އެކަނި. އެހެންވެ ކީރިތި ޤުރުއާނުގައި ﷲ  ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވަނީ إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلْإِسْلَـٰمُ ۗ وَمَا ٱخْتَلَفَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۗ وَمَن يَكْفُرْ بِـَٔايَـٰتِ ٱللَّهِ فَإِنَّ ٱللَّهَ سَرِيعُ ٱلْحِسَابِ  (3:19) ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ. ފަހެ ފޮތް ތަކުގެ އަހުލުވެރިން އޭގެ ކުރިން ފޮތްތައް ދެއްވި މީހުން އެބައިމީހުންގެ ގާތަށް ސާފުވެގެންވާ ހެއްކާއި ސާފުވެގެންވާ ބަޔާނާއި އިލްމު އައުމަށްފަހު އެބައިމީހުންގެ ބޮޑާކަމާއި ނުބައިކަމުންމެނުވީ އެމީހުން ކާފަރުނުވެތެވެ. ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާއީ ހިސާބު ބެއްލެވުމުގައި އަވަސްވެ ވޮޑިގެންވާ އިލާހެވެ. އާދެ! ރަސޫލާ ދުނިޔެއަށް ފޮނުއްވުމަށްފަހު ކުރީގެ ހުރިހާ ދީންތައް ބާޠިލް ކުރެއްވި އަދި ﷲގެ ޙަޟުރަތަގައި ގަބޫލުކުރެވިގެންދާ ދީނަކީ އިސްލާމް ދީން އެކަނިކަމުގައި ވެގެންދިޔަ. ހަމަހަގީގަތުގައިވެސް އަޅުގަނޑު މިއަދު ވާހަކަ ދެއްކުމަށް ތައްޔާރުވަމުން ދިޔައިރު ރާއްޖޭގެ ތާރީޚާއި އިސްލާމްދީނުގެ މިކަންކަމާ ދޭތެރެގަ ވިސްނާފަ އަޅުގަނޑު ހިތަށް އަރަމުންދިޔަ މިއަދު ކޮންވާހަކައެއްބާ ދައްކާނީ. އިސްލާމް ދީނުގެ ބޮޑުކަމުން ދައްކަންހުރި ވާހަކަ ގިނަކަމުން ކޮންވާހަކައެއްބާ އަޅުގަނޑު ދައްކާނީ އަދި މިތަނަށް އައިސް އިށީނީމަ އެއްއަށް ވުރެ ބޮޑަށް ކޮންފިއުސް ވެއްޖެ. އެކިފަހަރު 04 ކުދިންއަރާ ގުރުއާން ކިޔަވައިފި. ދެން އަޅުގަނޑުމެން ކުރީގަ ޝެޑިއުލް ހަދައިފިން. ކޮންމެ ފަހަރަކު އެއައި އާޔަތް ތަކުގެ ސަބަބުން ހިތަށް އެރި އަސްލު މިވާހަކައޭ ދައްކާނީ. މާހިރުބޭ ވާހަކަދެއްކި އިރު ހިތަށް އެރި އެކަމަށޭ އަލިއަޅުވާލާނީ. މިނިސްޓަރ އެއަށްވުރެ ރަނަގަޅަށް ގެންނެވި އަދި ރައީސް ވަރަށް މުހިންމު ވާހަކަފުޅުތަކެއް  ދެއްކެވި. އޭރުއްސުރެން ފެށިގެން އަޅުގަނޑު މިހުންނަނީ ދައްކަންވީ ވާހަކަދޭތެރޭގައި ވަރަށް އުނދަގޫ އިހްސާސްތަކެއްވެފަ ހަމަހަގީގަތުގައިވެސް. އެހެން ނަމަވެސް އަޅުގަނޑު ހިތުން މިރޭ ފުރަތަމަ ފެށިގެންދިޔައިރު އެއާޔަތްތަކާ މެދުގައި ދެން ހުރިހާ ބޭފުޅުން ދެއްކެވި އާޔަތްތައް އަޅުގަނޑު މިރޭ ކޮންމެހެން އެވާހަކަދައްކާކަށްނޫން. އަޅުގަނޑު ހަމަހިތަށް އެރީ ހަމައެއާޔަތްތަކަށް އިޝާރާތް ނުކޮށްލާދާން ހަމައެއް ގޮތަކަށްވެސް ހެޔޮނުވާނެ. އާދެ! އެއީ ސޫރަތު އާލު އިމްރާނުގެ 103 ވަނަ އާޔަތް. އާދެ! ވަރަށް ބޮޑަށް މާޢާފް އައިނުނެތީމަ. އާދެ! މިރޭ މިދެއްކުނު ހުރިހާ ވާހަކަތާކާއި ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅާވެސް ވަރަށް ގުޅިގެން އާދެ! ﷲ ވަޙީ ކުރައްވަނީ وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًۭا وَلَا تَفَرَّقُوا۟ ۚ    ފަހެ ތިޔަބައިމީހުން އެންމެން އެކުގައި ﷲ ގެ ވާފަށުގައި ހިފާށޭ. އަދި ތިޔަ ބައިމީހުން ބައިބައި  ވެގެން ނުދާށޭ. ﷲ ގެ ދީނުން އެންމެން އެކުގައި ހިފާށޭ. ތިޔަބައިމީހުން ބައިބައި ވެގެން ނުދާށޭ.  وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءًۭ فَأَلَّفَ بَيْنَ قُلُوبِكُمْ  ފަހެ ތިޔަ ބައިމީހުން ހަނދާން ކޮށްބަލާށޭ އެންމެން އެކަކު އަނެކަކަށް އަދާވާތްތެރިއެއްގެ ގޮތުގައި ވީހާލު. އިސްލާމްދީން އައުމުގެ ކުރިން. އިސްލާމްދީނާއި ނުލައި. އެކަކު އަނެކަކަށް ދެކޮޅުވެ ޑޮކްޓަރ ޒާހިރު މިރޭ ވާހަކަފުޅުގައި ގެންނެވި ނަޖާޝީގެ އަރިހަށް ޖައުފަރު ވަޑައިގެން ދެއްކެވި ވާހަކަފުޅު. އެހާލުގައި ތިޔަބައިމީހުން ވަނިކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެދީނުގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަހްމަތުގެ ސަބަބުން ތިޔަބައިމީހުންގެ ހިތްތައް އެކުވެރިކުރައްވައި އެއްބައި ކުރެއްވި. فَأَلَّفَ بَيْنَ قُلُوبِكُمْ  އެންމެންގެ ހިތްތައް އެއްކޮށް އެކަތިގަނޑަކަށް ހެއްދެވިއޭ.  فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًۭا  އެއިލާހުގެ ނިޢުމަތްތުގެ ބޮޑުކަމުން ތިޔަބައިމީހުން އެންމެންނަކީ އަޚުންތަކެއް ކަމުގައި ވެގެންދިޔަ.  وَكُنتُمْ عَلَىٰ شَفَا حُفْرَةٍۢ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ ތިޔަބައިމީހުން އޭރުގަތިބީ ބޮޑު އަލިފާންގަނޑެއްގެ ތުންފަތް މަތީގައޭ. އަލިފާންގަނޑެއްގެ ތުންފަތްމަތީ ވެއްޓިވެއްޓިއޭ ތިބީ. އެހިސާބުގަ ތިއްބާ ﷲ ތިޔަބައިމީހުން ސަލާމަތް ކުރެއްވިއޭ.  كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އާޔަތްތައް ތިޔަބައިމީހުނަށް މައްޗަށް ބަޔާން ކުރައްވަނީ އެގޮތަށޭ. އެއީ ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައޭ. އާދެ! މިއަދު އަޅުގަނޑުމެން ރާއްޖެ އިސްލާމްވި ދުވަހުގެ ވާހަކަދައްކާއިރު އަޅުގަނޑުމެންގެ ރާއްޖޭގެ އިސްލާމްދީން ވެރިކަމާހަމައަށް އައީ އަދި މިދެކެވޭ ވާހަކައިގަ ކޮންމެ ހަގީގަތެއް އޮތްކަމުގައި ވިއަސް އެނގޭ އެއްކަމަކީ ރައްޖެއަށް އިސްލާމްދީންއައީ ހަނގުރާމަކޮށްގެން ގަދަކަމުން ނޫންކަން. އެވާހަކައެއްނެތް ދައްކާފަ. އެވާހަކައެއް ނުދައްކާ. އަޅުގަނޑުމެންގެ ގާތަށް އިސްލާމްދީންއައީ ވިޔަފާރިކަމުގެ ތެރެއިން. ދަތުރު ފަތުރުގެ ތެރެއިން. ދަތުރުކޮށް އުޅުނުއް މުސްލިމުންގެ ރިވެތި އަޚްލާޤާއި މާތްސިފަތަކާއި  މަތިވެރި އުސޫލުގެ ސަބަބުން. އަޅުގަނޑު ހިތުން މީޚިލާފެއް އޮތްކަމެއްނޫން. އާދެ! އަޅުގަނޑުމެން ތެރޭގައި އެންމެ މަޝްހޫރުކޮށް ކިއޭ ވާހަކައެއް ބެލިކަމަށްވިއަސް އެއީ ރިވެތި އަޚްލާޤާއި ނަމޫނާއާއި މަޑުމައިތިރިކަމާއި ވިސްނުމާއި ޙިކުމަތްތެރިކަމުގެ އެންމެ ރީތި މިސާލު. އެއީ ޚުދު ރަސޫލުﷲ އިސްލާމްދީން ފެތުރުއްވިގޮތަކީ. އިސްލާމްދީން މީސްތަކުންނާ ހަމައަށް ދިޔައީ އެގޮތަށް. އެހެންވެ ރަސޫލުﷲ ގެރިވެތި ސިފަތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކޮށްދެއްވަމުން  ވަޙީކުރައްވަނީ وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍۢ  (68:4) ހަމަކަށަވަރުން ކަލޭގެފާނު ވަނީ ވަރަށްމަތިވެރި އަޚްލާގެއްގެ މަތިގައޭ. އެހެން މީހުނަށް ބީޓްނުކުރެވޭވަރުގެ. އެހެންމީހުނަށް އަރާ ހަމަނުކުރެވޭ ވަރުގެ. އެހެންމީހުނަށް އެހިސާބަށް ނުދެވޭ ވަރުގެ  މަތިވެރި އަޚްލާގެއްގެ މަތިގައޭ ކަލޭގެފާނުވަނީ. އެއީ އެކަލޭގެފާނު އަވަހާރަކޮށްލަން ކަނޑިހިފައިގެން ނިކުތް އެންމެން އެކަލޭގެފާނު ތަބާވެ ކިޔަމަންގަތް ސަބަބު. އެއަޚްލާޤް އެނަމޫނާ އެރީތި މިސާލު. އާދެމިއީ މިއަދުވެސް އިސްލާމްދީން ފަތުރަން ބޭނުންވާ ބަޔަކު ، އިސްލާމްދީނާއިގެން ކުރިއަށްދާން ބޭނުންވާ ބަޔަކު. އިސްލާމްދީން ވަރުގަދަކުރަން ބޭނުންވާ ބައެއްގެ ކިބައިގަ ހުންނަންޖެހޭނީ މިނަމޫނާ މިސިފަ. މިގޮތް. ރަސޫލުﷲ ގެ އަޚްލާޤުގެ މަތިވެރި ސިފަ. އާދެ! އެކަލޭގެފާނު އެސިފަތައް މީސްތަކުންނާއި ހަމައަށް ގެންގޮސްދެއްވާ. ދީން ފޯރުކޮށްދެއްވުމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާ  އެކަލޭގެފާނަށް  އަމުރުކުރެއްވި.  يَـٰٓأَيُّهَا  ٱلرَّسُولُ بَلِّغْ  مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ  وَإِن لَّمْ تَفْعَلْ  فَمَا بَلَّغْتَ  رِسَالَتَهُۥ ۚ

އޭތިމަން އިލާހުގެ ރަސޫލާއޭ. ތިމަން އިލާހު ކަލޭގެފާނަށް ބާވައިލެއްވި އެއްޗެއް އެއިލާހުގެ ފޮތް މީސްތަކުންނާއި ހަމައަށް ގެންގޮސްދެއްށޭ. ތިމަން އިލާހު ބާވައިލެއްވިގޮތަށް ކަލޭގެފާނު މީސްތަކުންނާއި ހަމައަށް އެކަން ނުގެންގޮސްދެއްވައިފިނަމަ ކަލޭގެފާނަށް ތިމަން ﷲ ހަވާލުކުރެއްވި އަމާނާތް އަދާނުކުރެވުނީއޭ. އާދެ! އެހެންވެ ރަސޫލުﷲ ގެ 23 އަހަރުގެ ދަތި އުނދަގޫ ހަޔާތްޕުޅު ހޭދަކުރެއްވީ ﷲ އެކަލޭގެފާނަށް ބާވައިލެއްވި ގޮތަށް މީސްތަކުންނާ ހަމައަށް ދީން ގެންގޮސްދެއްވުމަށް. މުޅި ހަޔާތްޕުޅު. 23 އަހަރު. ބައްލަވާ އުފުލަން ޖެހޭނެ ގުރުބާންތަކާއި ދަތިތަކާއި އުނދަގޫތަކާއި ތައްހައްމަލު. އާދެ! މިކަން ނިންމާލައްވަނީ ކިހިނެއްތޯ. އެކަލޭގެފާނު 23 އަހަރުފަހުން ހިޖުރައިން 8 ވަނައަހަރު ވަޑައިގަންނަވަނީ ޙައްޖަށް. ޙައްޖަތުލްވަދާޢު. އެދުވަސްވަރުގެ އަދަދުން ބަލާއިރު ވަރަށް ބޮޑުއަދަދެއް ގޮވައިގެން. އެއްލައްކަ ސައުވީސްހާސް. މިހާރަށް ބަލައިފިއްޔާ ކިތަށް މިލިއަންތޯ. ދުނިޔޭގެ ނިސްބަތުން އާބާދީގެ ނިސްބަތުން. އޭރު މަދީނާގެ އާބާދީއަކީ ގާތްގަނޑަކަށް ދިހަހާސް. މިހާރު ގާތްގަނޑަކަށް މަދީނާގަވެސް ދޮޅުމިލިއަންވީ. ބައްލަވާ ތަފާތު. މި އެއްލައްކަ ސައުވީސްހާސް ސަހާބީން ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ އުއްމަތަށް ރައްކާތެރިވެ ވަޑައިގެންނެވި މިންވަރަކީ، ދެން ﷲ ގެ ނިޢުމަތްވެސްމެ. އެތަނުންއެކަކުނެތް އެމީހެއްގެ ފުރިހަމަ ނަމާއި ބައްޕަގެ ނަމާއި ގަބީލާގެ ނަމާއި ހުރިހާއެއްޗެއް ތަފްޞީލުކޮށް ނޭގޭ އެއްމެޞަހާބީއެއް. އެގާތްކަން. އެއުޚުއްވަތްރެރިކަން. އެލޯބި. އެސަމާލުކަން އެންމެނަށްޓަކާހުރި. މިއެންމެނަށް ކޮންމެއަކަސް އޭރަކު އެއަޑުގަދަކުރާ ތާޅަފިއްޔެއްނެތް. އެހެންވީމަ އެކި ގަބީލާތައް ވަކިވަކިން އެއްކުރައްވާ. އުއްމަތުގެ ﷲ  ސުބުޙާނަހޫ ވަތަޢާލާ ދީން ޚުލާޞާގޮތެއްގައި ދީނުގެ މައިގަނޑު ޝަރުޢީ  ހުރިހާ ހުކުމްތައް ކުރުގޮތަކަށް ބަޔާން ކުރެއްވުމަށްފަހުގައި އެއްވެފައިވާ މީހުންތަކުންނަށް އެވަގުތަކަށް ތިބޭ ޖަމާޢަތްތަކަށް ޙަދީޘް ކުރައްވަނީ على حلب الوط ފަހެ ތިޔަބައިމީހުނަށް ތިމަންކަލޭގެފާނަށް މިދެއްވިއެއްޗެއް ތިޔަބައިމީހުނަށް ފޯރުކޮށްދެއްވައިފިންހޭ. އިޝާރާތް ކުރައްވަނީ ކޮންކަމަކަށް. އެއްކަލަ ކުރީގެ އާޔަތަށް ކަލޭގެފާނާ ހަވާލުކުރެވުނު ކަންތައް މީސްތަކުންނަށް ފޯރުކޮށްދެއްވާށޭ. މިއަދު ނިންމާލަނީ. ޙައްޖަތުލްވަދާޢު ޙަދީޘް ކުރައްވަނީ ފަހެ ތިޔަބައިމީހުނަށް ފޯރުކޮށްދެއްވައިފިންހެއްޔޭ. އެންމެން އެއްއަޑަކުން ބުނަނީ ކީކޭ. ލައްބައިކަ ޔާ ރަސޫލުﷲ. ބައްލަޢުތަ ކަލޭގެފާނު ތިމަންނަ މެނާހަމައަށް ފޯރުކޮށްދެއްވައިފިއޭ. ދެން މައްޗަށް އިނގިލިން އިޝާރާތް ކުރައްވާފައި ޙަދީޘް ކުރައްވަނީ اللهم الشهد ހައްދަވާ ބޮޑުކުރެއްވި ﷲ އޭ. ހެކިވެވޮޑިގަންނަވާށޭ. ތިމަންނަމެން އެކަން ކޮށްފީމޭ. ތިމަންނަގެ އަމާނާތް އަދާކޮށްފީމޭ. އެއަށްފަހު ޙަދީޘް ކުރައްވަނީ بلغ شاهد الغائب މިއަދު މިތަނަށް އައިސްތިބި މީހުން މިތަނަށް ނާދެވި ތިބި މީހުނަށް މިކަންފޯރުކޮށްދޭށޭ. ތިމަންނަ މިކަންކޮށްދީފީމޭ. މިތަނުގަ ތިބިމީހުން ނާދެވޭ މީހުނަށް ފޯރުކޮށްދެއްވާށޭ. بلغ عني ولو أية ތިމަންކަލޭގެފާނުގެ ކިބައިން އެއްމެ އާޔަތެއްނަމަވެސް އަނެކާހަމައަށް ގެންގޮސްދޭށޭ. އާދެ! އެއަށްފަހު އެނބުރިވަޑައިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގެންނެވީ.